Jump to content

ސެންޓްރަލް ނާރވަސް ސިސްޓަމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ސެންޓްރަލް ނާރވަސް ސިސްޓަމްގެ ޑައިގްރަމްއެއް:
1. ސިކުނޑި
2. ސެންޓްރަލް ނާރވަސް ސިސްޓަމް
    (ސިކުނޑި އަދި ނާރު ރޮނދި)
3. ސްޕައިނަލް ކޯޑް

މަރުކަޒީ ނާރުތަކުގެ ނިޒާމް ނުވަތަ (އިނގިރޭސި ބަހުން: Central nervous system) އަކީ ނާރުތަކުގެ ނިޒާމްގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާ ބައެވެ. ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ހިމެނޭ ސިކުނޑި އޮންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައެވެ. ސްޕައިނަލް ކޯޑް އިންނަނީ މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގުގެ ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރިންނެވެ.

ކުޑަ ދަރިފުޅު ބަނޑުގައި އުފެދެމުން އަންނައިރު ސެންޓްރަލް ނާރވަސް ސިސްޓަމް އުފެދިގެން އަންނަނީ ނިއުރަލް ޕްލޭޓް(Neural plate) އިންނެވެ. ނިއުރަލް ޕްލޭޓް އަކީ ކުޑަ ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް އުފެދިގެން އަންނަ މައި ތިން ފަށަލައިގެ ތެރެއިން އެންމެ ބޭރަށް އިންނަ އިކްޓޮޑާރމް(Ectoderm) ގެ ބައެކެވެ. ހަށިގަނޑުގައި ކުޑަ ދަރިފުޅު ބޮޑުވެގެން އަންނަ އައުމުގެ ތެރޭގައި ނިއުރަލް ޕްލޭޓް ނިއުރަލް ޓިއުބު(Neural tube) އަށް ބަދަލު ވެއެވެ. ނިއުރަލް ޓިއުބުގެ އެތެރޭ ބައިން ސިކުނޑީގެ ތެރޭގައިވާ ވެންޓްރިކަލްތަކުގެ ނިޒާމް އުފެދޭއިރު، ނިއުރަލް ޓިއުބުގެ އެހެން ބައިތަކުން ސިކުނޑި އަދި ސްޕައިނަލް ކޯޑް އުފެދިގެން ދެއެވެ. އަދި ސިކުނޑިން ބްރެއިން ސްޓެމް އާއި އެހެނިހެން ބައިތައް އުފެދިގެން ދެއެވެ.


ސެންޓްރަލް ނާރވަސް ސިސްޓަމްގެ ބައިތައް

[އުނިއިތުރު ގެންނަވާ]
ސްޕައިނަލް ކޯޑް
ސިކުނޑި ސިކުނޑީގެ މޫ ނުވަތަ ބްރެއިން ސްޓެމް ރޮމްބް އެންކެފަލޯން

ޕޮންސް, ސެރެބިލަމް, މެޑައްލާ އޮބްލޮންގާޓާ

މެސްއެންކެފަލޯން

ޓެކްޓަމް, ސެރެބްރަލް ޕިޑަންކަލް, ޕްރީޓެކްޓަމް, މިސެންކެފަލިކް ޑަކްޓް

ޕްރޮސްއެންކެފަލޯން ޑައިއެންކެފަލޯން

އެޕިތަލަމަސް, ތަލަމަސް, ހައިޕޮތަލަމަސް, ސަބްތަލަމަސް, ޕިޓޫޓަރީ ގްލޭންޑް, ޕައިނިއަލް ގްލޭންޑް, ތާރޑް ވެންޓްރިކަލް

ޓެލެންކެފަލޯން

ރިނެންކެފަލޯން, އަމިގްޑަލާ, ހިޕޯކެމްޕަސް, ނިއޯކޯޓެކްސް, ލެޗްރަލް ވެންޓްރިކަލް

އަދިވެސް ބައްލަވާ ލައްވާ

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]