ޣްރެލިން
Appearance
ޣްރެލިން ނުވަތަ (އިނގިރޭސި ބަހުން: Ghrelin) އަކީ މައިދާގައި ހުންނަ ޕީޑީ1(P/D1) ސެލްތަކުން ދޫކުރާ ހޯރމޯން އެކެވެ. މިހޯރމޯންގެ ސަބަބުން ކާހިތްވުމަށް ބާރުއަޅައެވެ. ނުވަތަ ކާތަކެތި ކެއުމަށް ހިތްޖެހޭގޮތް ވެއެވެ. ހަށިގަނޑުގައި ޣްރެލިން ގެ ލެވެލް ކެއުމުގެ ކުރިން މަތިވެ، އަދި ކެއުމަށްފަހު ދަށްވެގެން ދެއެވެ.
އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް އިން ގްރޯޘް ހޯރމޯން ދޫކުރުމަށް ވެސް ޣްރެލިން ބާރުއަޅައެވެ. ބަލީގެ ބައެއް ޙާލަތްތަކުގައި ޣްރެލިންގެ ލެވެލް ދަށްވެ، މާއަވަހަށް ފުރިފައި ހުންނަ އިހްސާސް ބަލިމީހާއަށް ވާގޮތްވެއެވެ.